مُقَدِّمَةٌ فِيْ أُصُوْل التَّفْسِيْر لِابْن تَيْمِيَّة

ފޮތުގެ ނަން:مُقَدِّمَةٌ فِيْ أُصُوْل التَّفْسِيْر
ފޮތުގެ މައުޟޫޢު:އުޞޫލުއް ތަފްސީރު
މުއައްލިފުގެ ނަން:تَقِيّ الدِّيْن أَبُو الْعَبَّاس أَحْمَد بْن عَبْد الْحَلِيْم بْن عَبْد السَّلَام بْن عَبْد الله بْن أَبِي الْقَاسِم بْن مُحَمَّد بْن تَيْمِيَّة الْحَرانِي الْحَنْبَلِي الدِّمِشْقِي
އަވަހާރަވި ތާރީޚު:728 هــ
ފޮތުގެ ތަޢާރުފާއި ޚާއްޞަކަން:މިއީ އިބްނު ތައިމިއްޔާ رحمه الله ގެ އަރިހުގައި އުޅުއްވި ބައެއް ބޭކަލުންގެ އެދިވަޑައިގަތުމުގެ މަތިން، ޤުރުއާން ތަފްސީރުކުރުމުގެ އުޞޫލުތަކާއި ޤަވާޢިދުތައް ބަޔާންކޮށްދެއްވައި ލިޔުއްވާފައިވާ ކުރު ރިސާލާއެކެވެ. އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ޢިލްމުވެރިންވަނީ ވަރަށް ބޮޑަށް މި ފޮތުގެ ފައިދާ ޙާޞިލުކުރައްވާފައެވެ. އިބްނު ކަޘީރު رحمه الله ވެސް އެކަލޭގެފާނުގެ ތަފްސީރު އެކުލަވާލެއްވުމުގައި މި ފޮތުގެ ފައިދާ ޙާޞިލުކުރައްވާފައި ވެއެވެ. މި ފޮތް ބައްސަވާފައިވަނީ މައިގަނޑު ފަސް މައުޟޫޢަކަށެވެ. އެއީ: – ރަސޫލާ صلى الله عليه وسلم ޞަޙާބީންނަށް ޤުރުއާނާއި އޭގެ ލަފްޒުތަކުގެ މާނައާއި ތަފްސީރު ބަޔާންކޮށްދެއްވާފައިވާކަން ބަޔާންކޮށްދެއްވުން – ސަލަފުންގެ ބޭކަލުންގެ ތަފްސީރުތަކުގައިވާ ޚިލާފުތަކާމެދު ޢަމަލުކުރާނޭ ގޮތް ބަޔާންކޮށްދެއްވުން – ދަލީލުތައް ގެނައުމާއި ދަލީލު ނެގުމުގައި ޚިލާފުވެފައިވާ ސަބަބުތައް ބަޔާންކޮށްދެއްވުން – ތަފްސީރުކުރުމުގެ އެންމެ ރަނގަޅު މަގު ބަޔާންކޮށްދެއްވުން – ރައުޔުތަކުގެ މައްޗަށް ބިނާކޮށް ތަފްސީރުކުރުމުގެ ޙުކުމް ބަޔާންކޮށްދެއްވުން

شارك
މުޙައްމަދު އަލީ
މުޙައްމަދު އަލީ
المقالات: 5